ވަތަނީ ހިދުމަތުގެ ގާނޫނެއް ހަދަނީ
ޔުނިފޯމު އެޅި ހިދުމަތްތަކަށް ޒުވާނުން ތަމްރީނުކުރުމަށްޓަކައި "ވަތަނީ ހިދުމަތުގެ ބިލު" މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ބިލުގެ ދަށުން އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭއިރު، ތަމްރީނު ފުރިހަމަކުރާ މުއްދަތުގައި ބޭނުންވާ އަސާސީ ހިދުމަތްތަކާއި މާލީ އިނާޔަތް ސަރުކާރުން ފޯރުކޮށްދޭނެއެވެ.