ޔުނިފޯމު އެޅި ހިދުމަތްތަކުގައި މަސައްކަތްކުރަން ބޭނުންވާ ޒުވާނުން ތަމްރީނުކުރުމަށް ހާއްސަކޮށް ވަތަނީ ހިދުމަތުގެ ގާނޫނެއް ހަދަނީ

Photo: People's Majlis

Photo: People's Majlis

ޔުނިފޯމު އެޅި ހިދުމަތްތަކުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޒުވާނުން ތަމްރީނު ކުރުމަށް ހާއްސަކޮށް ވަތަނީ ހިދުމަތުގެ ޕްރޮގްރާމެއް ހިންގުމުގެ އުސޫލުތައް ބަޔާންކޮށް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، ފަރުހަތު މުހައްމަދު އެވެ. މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ. 

މަޖިލީހަށް ހުށަހަޅުއްވާފައިވާ ވަތަނީ ހިދުމަތުގެ ބިލުގައި ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެވޭނެ ފަރާތްކާއި އެ ޕްރޮގްރާމުން ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.

Advertisement

އެ ގޮތުން އެ ބިލުގެ ފަސްވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެހިރައްޔިތަކަށް ވެސް ވަތަނީ ހިދުމަތުގް ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށެވެ. އެ މާއްދާގައި އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެ ކުއްޖާ އަމިއްލައަށް އެކަމަށް އެދުމުގެ އިތުރުން، އެ ކުއްޖާގެ ބެލެނިވެރިންގެ ހުއްދައާއެކު ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

އެ ބިލުގައިވާ ގޮތުން، ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ، މެޑިކަލް އެސެސްމެންޓެއް ފުރިހަމަކޮށް، އެ އެސެސްމެންޓުން ފާސްވެގެންނެވެ.

އޭގެ އިތުރުން ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އެންރޯލްވާ މީހުންނަށް، ޔުނިފޯމު އެޅި ހިދުމަތްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ތައުލީމާއި ތަމްރީނުގެ ކޯހެއް ކުރިއަށް ގެންދަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ ކޯސް ފުރިހަމަ ކުރާ މުއްދަތުގައި އެ މީހެއްގެ ކެއުމާއި ހުރުމުގެ އިތުރުން ބޭސްފަރުވާ އާއި ދަތުރުފަތުރުގެ ހަރަދު އަދި ކޯހުގެ މުއްދަތުގައި ބޭނުންކުރަންޖެހޭ ޔުނިފޯމާއި އެ ނޫން ވެސް އަސާސީ ތަކެތި މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެ އެވެ. އަދި، ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާ ކުދީންނަށް، އެ ޕްރޮގްރާމު ކުރިއަށް ގެންދާ މުއްދަތުގައި އިނާޔަތެއް ދިނުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އެންރޯލްކުރާ ފަރާތްތަކުން، ފުރިހަމަކުރަންޖެހޭ ތައުލީމާއި ތަމްރީނުގެ ކޯސް ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ ޔުނިފޯމު އެޅި ހިދުމަތެއްގައި ގިނަވެގެން އެއް އަހަރު މަސައްކަތް ކުރަން އެ ބިލުގައި ލާޒިމުކޮށްފައިވެ އެވެ. އެ ގޮތަށް، މަސައްކަތް ކުރާ މުއްދަތު ފުރިހަމަ ކުރާ ފަރާތްތަކަށް އެ ހިދުމަތަކުން ވަޒީފާއެއް ހުށަހެޅުމުގެ އިހުތިޔާރު އެ މީހަކު މަސައްކަތް ކުރި ހިދުމަތަކަށް ދީފައިވެ އެވެ.

އެ ބިލު ގާނޫނަކަށް ވާނީ، އެ ބިލު ގާނޫނަކަށްވާ ތާރީހުން ފެށިގެން ހަ މަސްދުވަސްފަހުންނެވެ.

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox