ކެރެލާ

2 ލިޔުން

ފަހުގެ

ފީފާގެ ޕްލޭންގައި އޮތީ 96 އަހަރަށް ވޯލްޑް ކަޕް ދޭ ގޮތަށް  ކުޅިވަރު

ފީފާގެ ޕްލޭންގައި އޮތީ 96 އަހަރަށް ވޯލްޑް ކަޕް ދޭ ގޮތަށް

ފީފާގެ މުބާރާތްތަކުގެ 21 އިންސައްތަ ހިއްސާ ޕްރައިވެޓް އިންވެސްޓަރަކަށް ވިއްކާލުމަށް ރޭވި 20 ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން، 96 އަހަރަށް ވޯލްޑް ކަޕްގެ މާލީ ކޮންޓްރޯލް ގެއްލޭގޮތަށް އޮތްކަން ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ. އެމެރިކާގެ ތުރައިވް ކެޕިޓަލްއާ އެކު ކުރިއަށްގެންދަން އުޅުނު މި އެއްބަސްވުން ބޮޑު ޕްރެޝަރަކާ ހެދި މިހާރު ވަނީ ހުއްޓާލާފައެވެ. މި ޑީލްގެ ދަށުން ކޮންމެ 12 އަހަރަކުން ލައިސަންސް އާކުރެވޭ ގޮތަށް މުބާރާތްތަކުގެ ކޮމާޝަލް ރައިޓްސް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަށް ވަނީ ރާވާފައެވެ.

ފެއާނަސް ކްރީމަކުން 17 އަހަރުގެ ކުއްޖެއްގެ ކިޑްނީ ހަލާކުވެއްޖެދުނިޔެ

ފެއާނަސް ކްރީމަކުން 17 އަހަރުގެ ކުއްޖެއްގެ ކިޑްނީ ހަލާކުވެއްޖެ

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ އަންހެން ކުއްޖަކު ބޭނުންކުރި ފެއާނަސް ކްރީމެއްގައި ނުރައްކާތެރި މިންވަރަކަށް މާކަރީ ހުރުމުގެ ސަބަބުން، އެ ކުއްޖާގެ ކިޑްނީއަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ. މި މައްސަލައިގައި ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، އެ ކްރީމުގައި މާކަރީ ހުރީ ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ކަމަށް ލެބޯޓްރީ ޓެސްޓުތަކުން ވަނީ ދައްކާފައެވެ.