އިސްތަންބޫލް

2 ލިޔުން

ފަހުގެ

އުރުދުޣާނަކީ "ޑިކްޓޭޓަރެކޭ" ބުނެގެން ތުރުކީގެ ކޮމީޑިއަނެއް ޖަލަށްދުނިޔެ

އުރުދުޣާނަކީ "ޑިކްޓޭޓަރެކޭ" ބުނެގެން ތުރުކީގެ ކޮމީޑިއަނެއް ޖަލަށް

ތުރުކީގެ ރައީސް އުރުދުޣާނަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވެ، އެ ގައުމުގެ މަޝްހޫރު ކޮމީޑިއަން ދެނިޒް ގޮކްތާޝް 19 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފިއެވެ. ނަމަވެސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލައި ކޯޓުން ވަނީ އޭނާ މިނިވަންކުރުމަށް އަމުރުކޮށްފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މި މައްސަލަ ސިފަކުރަނީ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ އަމަލެއްގެ ގޮތުގައެވެ.

މައްކާ ޑިފެންސް އެގްރީމަންޓުގެ ދަށުން މައި އޮފީސް ސައުދީގައިދުނިޔެ

މައްކާ ޑިފެންސް އެގްރީމަންޓުގެ ދަށުން މައި އޮފީސް ސައުދީގައި

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިގެން އެކުލަވާލި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ދަށުން، ސައުދީގައި ސެކްރެޓޭރިއަޓެއް ގާއިމުކޮށް ފުރަތަމަ ތިން އަހަރު އެތަން ހިންގުން ޕާކިސްތާނާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ތިން ގައުމުގެ ދިފާއީ ގުޅުން ވަރުގަދަކުރުމާއި، ބޭރުގެ އުދުވާންތަކުން ދިފާއުވުމުގައި އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމެވެ.