ޖުޑީޝަލް ކައުންސިލް އަލުން އުފައްދަނީ
ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާއި އާންމު ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި، ކުރިން އުވާލާފައިވާ "ޖުޑީޝަލް ކައުންސިލް" އަލުން އުފެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. އުއްތަމަ ފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޯޓުތަކުގެ ހިންގުމާ ބެހޭ ގަވާއިދުތައް އެކުލަވައިލުމާއި، ޝަރުއީ ދާއިރާގެ ބަޖެޓާއި ސްޓްރެޓެޖިކް ޕްލޭން ފާސްކުރުމެވެ. ޖުމްލަ 11 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކައުންސިލްގެ ސަބަބުން ޝަރުއީ ނިޒާމުގެ ހިދުމަތްތަކުގެ ފެންވަރު މަތިވެ، އިދާރީ ކަންކަން ހަރުދަނާވެގެންދާނެއެވެ.