ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޓޫފޯ އައްޔަން ކުރަނީ
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް، ކުރިން ވަޒީފާއިން ވަކިކޮށްފައިވާ އަހުމަދު މުހައްމަދު (ޓޫފޯ) އައްޔަންކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭނާއަކީ ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތުތަކެއް ކުރެވިފައިވާ ފަރާތެއް ނަމަވެސް، މި ސަރުކާރުން ވަނީ އޭނާ އަލުން ފުލުހުންގެ ވަޒީފާއަށް ނެރެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމު ދީފަ އެވެ.