ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް އެދި ނިމިދިޔަ ހަފުތާގައި ޖޭއެސްސީއަށް ވަނީ ހުށަހަޅުއްވާފައެވެ. ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަލީ ރަޝީދަކީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޟީކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.