ބީއެމްއެލް އިން ދޫކުރާ ގެދޮރު ލޯނުގެ އިކުއިޓީ ކުޑަކޮށްފި
ބީއެމްއެލް އިން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނުގެ އިކުއިޓީ 20 އިންސައްތައިން 5 އިންސައްތައަށް ވަނީ ކުޑަކޮށްފައެވެ. ތިން މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ މި ފައިނޭންސިންއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގެނައި ބަދަލެކެވެ. މި ލޯނު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް ލިބޭނެއެވެ.