ޗައިނާއާ ގުޅުން ބަދަހިކުރުމަށް ބޯޑަރުގެ ސުލްހަ މުހިއްމު: އިންޑިއާ
އިންޑިއާ އާއި ޗައިނާގެ ގުޅުން ރަނގަޅުކުރުމަށްޓަކައި ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ސުލްހަ ގާއިމުކުރުމާ ގުޅޭގޮތުން ނިއު ދިއްލީގައި މުހިއްމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ބޯޑަރުގެ އިންވަކިކުރުމާއި، މައްސަލަތައް ހައްލުކުރުމަށް ހުރި ނިޒާމުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ގައުމުން ވަނީ ވާހަކަދައްކާފައެވެ.