އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ އިސްތިއުފާދެއްވައިފި
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. މިދިޔަ ޖޫން މަހު އެ މަގާމާ ހަވާލުވެވަޑައިގަތް ޝިއުރީއަކީ މި ސަރުކާރުން އެ މަގާމަށް އައްޔަނުކުރި ދެވަނަ ބޭފުޅާއެވެ. އޭނާ މަގާމުން އިސްތިއުފާދެއްވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.