ޓާޝަރީ ހޮސްޕިޓަލް ގްރޫޕް ހިންގަން ހަލީމާ ހަވާލުކޮށްފި
މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ) ގެ ދަށުން ހިންގާ ތަންތަނުގެ އެންމެ އިސްވެރިޔަކަށް، މިނިސްޓަރު ފެންވަރުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ ހަލީމް ވަނީ އައްޔަންކުރައްވާފައި. މި ގްރޫޕުގެ މައި އިދާރާއަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް ކަނޑައަޅާފައިވާއިރު، ގަވަނިން ބޯޑުގެ ޗެއާޕާސަނަކަށް އައްޔަންކުރެއްވީ ޑރ. އަބްދުލްއަޒީޒު.