އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ފަހުމީ އައްޔަނުކޮށްފި
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ ކުރީގެ އެމްޑީ ހުސައިން ފަހުމީ މިއަދު އައްޔަނުކޮށްފި. ފަހުމީ މި މަގާމަށް އައްޔަނުކުރީ އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން އިސްތިއުފާ ދެއްވުމާ ގުޅިގެން. މި މަގާމަށް އައްޔަނުކުރުމާ ހަމައަށް ފަހުމީ ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައި.