ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ށ. ޅައިމަގަށް އެރި ނަގޫރޯޅިއެއްގެ ސަބަބުން އެ ރަށުގެ ގިނަ ގެތަކެއްގެ ފުރާޅު އެއްލާލައި، ގަސްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި ހާދިސާގައި ގެއެއްގެ ފުރާޅު އެއްލާލުމުގެ ސަބަބުން މީހަކަށް އަނިޔާވެގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާއިރު، ކައުންސިލުން ދަނީ ލިބުނު ގެއްލުންތައް ސާފުކުރުމުގެ މަސައްކަތް ކުރަމުން.