މެޑްޓެކުން 14.4 މިލިއަނަށް ހުޅުމާލެއިން ބިމެއް ގަނެފި
ހުޅުމާލޭ ދެވަނަ ފިޔަވަހިން އެޗްޑީސީން ވިއްކި 2،266 އަކަފޫޓުގެ ބިމެއް މެޑްޓެކް ޑައިގްނޯސްޓިކްސްއިން 14.4 މިލިއަން ރުފިޔާއަށް ގަނެފި. މިއީ ސަތޭކަ ޕަސެންޓް ދިވެހި ކުންފުނިތަކަށް ބިން ގަނެވޭ ގޮތަށް ހުޅުވާލި ފުރުސަތުގައި ބިމެއް ވިއްކި ފުރަތަމަ ފަހަރު.