ހުޅުމާލެ ހައިވޭގެ ގާޑުރެއިލް ދަބަރަށްވެ، ވީރާނާވަނީ
ހުޅުމާލެ ހައިވޭގެ ގާޑުރެއިލްތައް މަރާމާތުނުކޮށް ގިނަދުވަސްވުމުގެ ސަބަބުން، ލޮނުގެ އަސަރުކޮށް ވަރަށް ބޮޑަށް ދަބަރުޖަހައި ވީރާނާވާން ވަނީ ފަށާފަ. މީގެ ސަބަބުން އެކްސިޑެންޓްތަކުން ރައްކާތެރިވުމަށް ހުންނަ މި ބެރިއަރުތަކުގެ ބޭނުން ކެނޑި، އެ ސަރަހައްދުގައި ހުންނަ ސޯލާ ޕެނަލްތަކަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތަށް ބުރޫއެރުމުގެ ބިރު އެބައޮތް.