ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ފުލުހުން ބިރުދައްކައިފި
ރައީސް މުއިއްޒު ލަންކާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން، އެ ގައުމުގައި ތިބި ބައެއް ދިވެހިންގެ ގޭގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށް ބިރުދައްކާފައިވާ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ. ލަންކާ ފުލުހުން ވަނީ ބައެއް ދިވެހިން ލައްވައި، ރައީސް ދިވެހިންނާ ބައްދަލުކުރައްވާ ތަނަށް ނުދާނެ ކަމަށް ބުނާ ލިޔުމެއްގައި މަޖުބޫރުން ސޮއިކުރުވާފައެވެ. މިކަން ހިނގާފައިވަނީ އެމްބަސީގެ ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މީހުންނަށް އަމާޒުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.