އެންވެރިކަމަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ
ހދ. ހޮނޑާފުށި ކައިރީގައި އެންވެރިކަން ކުރަން އުޅެނިކޮށް ގެއްލުނު މީހަކު، އެ ރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވާ މިއަދު ހެނދުނު ވަނީ ސަލާމަތުން ފެނިފައި. އެމްއެންޑީއެފާއި އާންމުން ގުޅިގެން ކުރި މަސައްކަތުން ފެނުނު މި މީހާއަށް މިހާރު ދަނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން.