އަވަށްޓެރިޔާއާ ޖެހުނު މައްސަލައިގައި 10 ގަޑިއިރު ބިރުވެރި އަޑުތައް
ޗައިނާގެ ގުއަންގްޒޫގައި އަވަށްޓެރިޔަކާ ޖެހުނު މައްސަލައެއްގައި ބަދަލުހިފުމަށްޓަކައި، ކޮންމެ ދުވަހަކު 10 ގަޑިއިރު ވަންދެން ބިރުވެރި އަޑުތައް އިއްވި މީހަކަށް އެކަން ހުއްޓާލުމަށް ކޯޓުން އަމުރުކޮށްފި. މި އަމަލުގެ ސަބަބުން މުޅި އިމާރާތުގެ މީހުންނަށް އުނދަގޫވެފައިވާއިރު، ކޯޓުގެ އަމުރާއެކު އެމީހާ ވަނީ ސައުންޑް ސިސްޓަމް ނަގައި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެއްބަސްވެފަ.