އިޒްރޭލަށް ދޭ 4 ބިލިއަން ޑޮލަރުގެ އެހީ ހުއްޓާލަނީ
އެމެރިކާއިން އިޒްރޭލަށް ކޮންމެ އަހަރަކު ދެމުން އަންނަ 4 ބިލިއަން ޑޮލަރުގެ އެހީ މި އަހަރު ނިމުމުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް އިޒްރޭލަށް ހަތިޔާރު ވިއްކުމާއި، ބޭނުންޖެހޭ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.