ގަމު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫ ސެލްއެއްގެ ސީލިން ވެއްޓިއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫ ސެލްއެއްގެ ސީލިންގް ވެއްޓުނީ އޭސީން ފެން ލީކުވުމުގެ ސަބަބުން ކަމަށާއި، މި ހާދިސާ ހިނގިއިރު އެތަނުގައި އެއްވެސް ބަލިމީހަކަށް ފަރުވާދެމުން ނުދާކަމަށް އެ ހޮސްޕިޓަލުން ބުނޭ. މި ހާދިސާއާ ގުޅިގެން އައިސީޔޫގެ އެއްވެސް ޚިދުމަތަކަށް ބުރޫއަރާފައި ނުވާއިރު، ވެއްޓުނު ބައި މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.