ރައީސްއާ ދެކޮޅަށް ހިޔާލުފާޅު ކުރި މީހަކު ކުޅުދުއްފުށިން ހައްޔަރު
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މުޖްތަބާ އަހުމަދު ބުނީ އޭނާ ހައްޔަރު ކުރީ "ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ފަށުގައި ބެނާ ދެމުމަކީ އެމަނިކުފާނުގެ ދަތުރުފުޅަށް ހުރަސްއެޅުން" ކަމުގައި ބުނުފަށްފަހު ކަމަށް.