ނޫސްވެރިންގެ ބައްދަލުވުމުގެ ފަހަތުން ފެންނަ ސިޔާސީ ނަޒަރިއްޔާތައް
ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުތަކުން، ރާއްޖޭގެ ވަސީލަތްތަކަކީ ދައުލަތުގެ މިލްކެއް ކަމަށާއި އޭގެ މަންފާ ރައްޔިތުންނަށް ހަމަހަމައަށް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާކަން ހާމަވެއެވެ. މި ވާހަކަފުޅުތަކުން އިގުތިސާދީ ގައުމީވަންތަކަމާއި، ޕޮޕިއުލިޒަމް އަދި ތަރައްގީއަށް އިސްކަންދޭ ދައުލަތެއްގެ ސިޔާސީ ފަލްސަފާ އާއި ނަޒަރިއްޔާތައް ފެނިގެންދެއެވެ.