ހާބަރު ފުޑް ކޯޓުތައް ހުސްކުރަން އަންގައިފި
މާލޭ ހާބަރު ސަރަހައްދު ތަރައްގީކުރުމަށްޓަކައި އެތަނުގައި ހުރި ފުޑް ކޯޓުތައް ހުސްކުރުމަށް 90 ދުވަހުގެ ނޯޓިސްއެއް އެސްޓީއޯއިން ވިޔަފާރިތަކަށް ވަނީ ދީފައި. މި ނޯޓިސްއާ އެކު އެތަންތަން ހިންގާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ނިމުމަކަށް އަންނާ. 2018 ވަނަ އަހަރު ހުޅުވި މި ފުޑް ކޯޓުތައް ތަރައްގީކުރަން ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ހަރަދުކުރި.