ފަސް ސިޓީގެ ޑަބްލިއުޑީސީ ރައީސްކަން ވެސް އެމްޑީޕީއަށް
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްކަން އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން އެ ފަސް ސިޓީގެ މޭޔަރުންގެ ގޮނޑިތަކާއި، ގިނަ ރަށްތަކެއްގެ ކައުންސިލް ރައީސުންގެ މަގާމުތައް ވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.