އާއިލީ ގޭގެ ކުލި ނުލިބިގެން ކޯޓަށް ދިޔުމުން 5 މިލިއަން ނަގައިދީފި
އާއިލީ ގޯއްޗެއްގައި ހެދި އިމާރާތުގެ ކުއްޔާއި ލިބެންޖެހޭ އެޕާޓްމަންޓް ނުލިބިގެން ހުށަހެޅި މައްސަލައެއްގައި ދޭން ހުކުމް ކުރި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރޭގައި ކުލިން ހައްގުވާ ފައިސާގެ އިތުރުން، އެޕާޓްމަންޓް ނުލިބިގެން ލިބުނު ގެއްލުމުގެ ބަދަލު ހިމެނޭ. މި ފައިސާ ދައްކަން ކޯޓުން ދިނީ އަހަރު ދުވަހުގެ މުއްދަތެއް.