އައްޑޫ ކައުންސިލުގެ ދެ ތަޖުރިބާ ދަތުރަކަށް 1.2 މިލިއަން ރުފިޔާ
ފިނޭންސުގެ އެންގުންތަކާ ހިލާފަށް، އައްޑޫ ސިޓީ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި ސިންގަޕޫރާއި މެލޭޝިއާއަށް ކުރި ދަތުރުތަކަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އޮޑިޓުގައި ވަނީ އެ ދަތުރުތަކުގައި ގޮސް ކުރީ ދަތުރުގެ މަގުސަދާ ނުގުޅޭ ކަންކަން ކަމަށާއި ލިބުނު ތަޖުރިބާއެއް ނޫނީ ވީފައިދާއެއް ލިޔެކިޔުމުން ފެންނާކަށް ނެތް ކަމަށް.