ދެކުނު އޭޝިއާގައި "މެރިޓަލް" ރޭޕް" ކުށަކަށް ނުހަދާތީ ކަންބޮޑުވުން
ކައިވެނީގެ ތެރޭގައި ހިންގާ ރޭޕް ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ކުށެއްގެ ގޮތުގައި ކަނޑަނޭޅުމުގެ ސަބަބުން، އެ ސަރަހައްދުގެ އެތައް މިލިއަން އަންހެނުންނަށް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކައިވެނީގެ ތެރޭގައި ހިންގާ ރޭޕަކީ އެހެން ރޭޕްގެ މައްސަލަތަކެކޭ އެއްފަދަ ކުށެއްގެ ގޮތުގައި ބަލައި، އެއް އަދަބެއް ކަނޑައަޅާފައިވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ. އިންޑިއާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި އަދިވެސް އަމަލުކުރަމުންދަނީ އިނގިރޭސި އިސްތިއުމާރީ ދުވަސްވަރުގެ ޒަމާނާ ނުގުޅޭ ގާނޫނުތަކަކަށް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.