ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް
އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.