ޓޫރިޒަމް އެޑްވައިޒަރު ހަލީލް އިސްތިއުފާ ދެއްވައިފި
ސަރުކާރުން ގެންގުޅޭ ޑޮލަރު މާރުކުރުމުގެ ސިޔާސަތާ މެދު ހިތްހަމަނުޖެހިގެން، ރައީސުލްޖުމްހޫރިއްޔާގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ ރިސޯޓުތަކުގެ އާމްދަނީގެ ވަކި އިންސައްތައެއް މާރުކުރަން މަޖުބޫރުކުރުމާ ގުޅިގެން، އެކަން އެގޮތަށް ނުކުރުމަށް ދެއްވި ލަފާ ސަރުކާރުން ގަބޫލުނުކުރުމުންނެވެ. ހަލީލަކީ ފަތުރުވެރިކަމުގެ ދާއިރާގެ ފުޅާ ވިޔަފާރިތަކެއް ހިންގަވާ އަދި އިކޮނޮމިކް ކައުންސިލްގެ މެންބަރެއްވެސް މެއެވެ.