ޑިމެންޝިއާގެ ނުރައްކާ ކުޑަކުރުމަށް ކުރެވިދާނެ ތިން ކަމެއް
ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމާއި، ހަކުރު ބަލިން ރައްކާތެރިވުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީ ޑިމެންޝިއާގެ ނުރައްކާ ކުޑަކޮށްދޭ ކަންކަން ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ދުނިޔޭގައި ހަލުވިކަމާއެކު އިތުރުވަމުންދާ މި ބަލިން ސަލާމަތްވުމަށްޓަކައި، އުމުރުގެ މެދުތެރޭގައި ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮކޮށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.