ސެލީނާއާ ދެކޮޅަށް 1.2 މިލިއަން ޑޮލަރުގެ ދައުވާއެއް
ސެލީނާ ގޯމޭޒްގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ކުންފުނި "ވޮންޑާމައިންޑް" ކުރިއެރުވުމަށް ވީ ވައުދުތަކާ އެއްގޮތަށް އަމަލީ ގޮތުން މަސައްކަތް ނުކުރާ ކަމަށް ބުނެ، އެ ކުންފުނީގެ އިންވެސްޓަރުން އޭނާއާ ދެކޮޅަށް 1.2 މިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ ސެލީނާގެ އިހުމާލުން ކުންފުންޏަށް މާލީ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި، އެހެންކަމުން އިންވެސްޓްކުރި ފައިސާ އާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ބޭނުންވާ ކަމަށެވެ.