ސެލީނާ ގޯމޭޒްއާ ދެކޮޅަށް 1.2 މިލިއަން ޑޮލަރުގެ ބޮޑު ދައުވާއެއް އުފުލައިފި

Aug 16, 2026, 6:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އާއި އޭނާގެ މަންމަ ގުޅިގެން އުފައްދާފައިވާ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ކުންފުނި، "ވޮންޑާމައިންޑް ގްލޯބަލް" އަށް އިންވެސްޓްކުރި ފަސް ފަރާތަކުން އޭނާއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ހިއްސާދާރުން ކުރި ދައުވާގައި ބުނެފައިވަނީ، އެ ބްރޭންޑް ކުރިއެރުވުމަށް "އަމަލީ ގޮތުން މަސައްކަތްކުރާނެ" ކަމަށް ސެލީނާ ގޯމޭޒް ވީ ވައުދުތައް ފުއްދާފައިނުވާ ކަމަށެވެ. އަދި އޭނާގެ މަސްއޫލިއްޔަތުތަކަށް "އިންތިހާއަށް އިހުމާލުވުމުގެ" ސަބަބުން، ކުންފުނި މިހާރު އޮތީ "މާލީ ބޮޑު ކާރިސާއެއްގެ" ތެރޭގައި ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

މި ދައުވާގެ ބޭނުމަކީ އިންވެސްޓްމަންޓްގެ ގޮތުގައި ދީފައިވާ ކަމަށް ބުނާ ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރު އަނބުރާ ހޯދުމާއި، މައްސަލައިގެ ހަރަދާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމެވެ.

Advertisement

ޅަ އުމުރުގައި އެކްޓަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށްފަހު ޕޮޕް މިއުޒިކްގެ ދާއިރާއަށް ނުކުތް ސެލީނާ ގޯމޭޒް، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ މި ޕްލެޓްފޯމް އުފެއްދީ މީގެ ފަސް އަހަރު ކުރިން އޭނާގެ މަންމަ މެންޑީ ޓީފީ އާއި ވިޔަފާވެރިޔާ ޑެނިއެލާ ޕިއަރސަންއާ ގުޅިގެންނެވެ. މި މަސައްކަތް އޭނާ ފެށީ، އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކާއި، ހާއްސަކޮށް ބައިޕޯލާ ޑިސްއޯޑާ ތަހައްމަލުކުރަމުންދާ ކަމަށް އާންމުކޮށް ހާމަކުރުމަށްފަހުގަ އެވެ.

އުމުރުން 34 އަހަރުގެ ސެލީނާ ގޯމޭޒްއަކީ ސޯޝަލް މީޑިއާގައި 500 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނާއެކު ދުނިޔޭގައި އެންމެ ނުފޫޒު ގަދަ އެއް އަންހެން ފަންނާނެވެ. އޭނާގެ މިލްކިއްޔާތު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް އަރާއިރު، 2020 ވަނަ އަހަރު އޭނާ ވަނީ އަމިއްލަ ނަމާއި ސޫރައާ ގުޅުވައިގެން "ރެއާ ބިއުޓީ" ގެ ނަމުގައި ކޮސްމެޓިކްސް ކުންފުންޏެއް ވެސް އުފައްދާފަ އެވެ.

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox