ޖޭއެސްސީގެ ދަށުން ޑީޖޭއޭ ވަކިކޮށް ޖުޑީޝަލް ކައުންސިލްގެ ދަށަށް
ޑީޖޭއޭ، ޖޭއެސްސީގެ ދަށުން ވަކިކޮށް ޖުޑީޝަލް ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. މި އިސްލާހާއެކު ކޯޓުތަކުގެ ބަޖެޓާއި، މުވައްޒަފުންގެ ކަންކަމާއި، ޖުޑީޝަލް އެކެޑަމީ ހިންގުން ފަދަ އިދާރީ ހުރިހާ މަސްއޫލިއްޔަތެއް ޖުޑީޝަލް ކައުންސިލްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާނީ ޑީޖޭއޭއިންނެވެ.