ޔުނިވާސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު އެކުލަވާލައިފި
ރާއްޖޭގައި ޔުނިވާސިޓީތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ އައު ގަވާއިދު، މަތީ ތައުލީމާ ބެހޭ މިނިސްޓްރީން އެކުލަވާލައި ވަނީ އާންމުކޮށްފައި. މި ގަވާއިދުގެ ދަށުން، ކޮލެޖެއްގެ ގޮތުގައި 15 އަހަރު ހިންގާފައިވާ މަރުކަޒުތަކަށާއި، ބޭރުގައި 10 އަހަރު ހިންގާފައިވާ ޔުނިވާސިޓީތަކަށް ރާއްޖޭގައި ޔުނިވާސިޓީގެ ދަރަޖަ ހޯދުމަށް މަގުފަހިވެގެންދާނެ.