ޗައިނާއިން ކަނޑުގެ ދިރުންތަކަށް ވިހަދޭކަމުގެ ތުހުމަތު
ދެކުނު ޗައިނާ ކަނޑުގެ ފަރުތަކަށް ޗައިނާގެ ބޯޓުތަކުން ސައިނައިޑް އަޅައި، ކަނޑުގެ ދިރުންތަކަށް ގެއްލުންދޭ ކަމަށް ފިލިޕީންސުން ތުހުމަތުކޮށްފިއެވެ. ފިލިޕީންސުން ބުނާގޮތުގައި މިއީ އެ ސަރަހައްދުގެ މަސްވެރިކަން ނައްތާލުމަށާއި ފަރަށް ގެއްލުންދީ އެ ގައުމުގެ މަނަވަރަށް ނުރައްކާ ކުރުމަށް ހިންގާ އަމަލެކެވެ. ނަމަވެސް ޗައިނާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ.