"ބްރަދާ އަބްދުﷲ ގެ މައްސަލަ ފުލުހުން ތަހުގީގު ކުރަންޖެހޭ"
ރަސްމާލެ މަޝްރޫއާ ގުޅިގެން އަލައްބާރު "ބްރަދަރ އަބްދުﷲ" އަށް ފައިސާ ދިން ކަމަށް ބުނާ މައްސަލަ ފުލުހުން ސީރިއަސްކޮށް ތަހުގީގުކުރުމަށް ގާނޫނީ ވަކީލު އަލީ ހުސެއިން ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ އެ ފައިސާ ދައުލަތުގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނަމަ، މަނީ ލޯންޑަރިންގާއި ހިޔާނާތުގެ ދައުވާ ކުރަންޖެހޭނެ ކަމަށެވެ.