ޖަޕާނުން ފޭޝަލް ރެކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ވަނީ ފޭޝަލް ރެކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފަ. މި ނިޒާމުގެ ސަބަބުން އައިޑެންޓިޓީ ވެރިފިކޭޝަން ހަރުދަނާވެ، އިމިގްރޭޝަން ކްލިއަރަންސްގެ މަސައްކަތްތައް ކުރިއަށްވުރެ އަވަސްވެގެންދާނެ.