ގަރުނަކުން އެއް ފަހަރު ފެންނަ ރީތި ދޫންޏެއް
އިންޑޮނޭޝިއާގެ ބުރު އައިލެންޑުން ނެތިގޮސްފައިވާ ކަމަށް ބެލެވުނު "ބްލޫ-ފްރަންޓެޑް ލޮރިކީޓް" ނަމަކަށް ކިޔާ މަދުން ފެންނަ ރީތި ދޫންޏެއް، ފަރުބަދައަށް އަރާ ގްރޫޕަކަށް ފެނިއްޖެއެވެ. މި ދަތުރުގައި ދޫނީގެ ފޮޓޯގެ އިތުރުން އޭގެ އަޑު ފުރަތަމަ ފަހަރަށް ރެކޯޑްކޮށްފައިވެ އެވެ.