އިންސާނިއްޔަތަށްޓަކައި ހަނގުރާމަ ނިންމާލަން މޯދީ އެދިއްޖެ
އިންސާނިއްޔަތަށްޓަކައި ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިޔާގެ ރައީސް ޕޫޓިންގެ އަރިހުން އެދިވަޑައިގެންފިއެވެ. މި ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުވުމަށް ކުރާ ކޮންމެ މަސައްކަތަކަށް އިންޑިއާއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މޯދީ ދެއްވިއިރު، ރަޝިޔާއިން ބުނެފައިވަނީ އެ ގައުމުން ބޭނުންވާ ޝަރުތުތަކާއެކު ހަނގުރާމަ ހުއްޓާލަން ތައްޔާރަށް އޮތް ކަމަށެވެ.