ނޫސްވެރިންގެ ބައްދަލުވުން ނިމުނު ގޮތަށް މުއިއްޒު ބަންޑާރަކޮށްޓަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް މުއިއްޒު ކޯފާވެ، ކޯޓު އަމުރާ ހިލާފުވިކަމަށް ވިދާޅުވެ އެ ނޫސްވެރިޔާ ބައްދަލުވުމުން ބޭރުކޮށްލައިފިއެވެ. މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށްޓަށް ވަޑައިގެންފައެވެ.