ނޭޕާލް ކާރިސާގައި މަރުވި މީހުންގެ އަދަދު 1,000 އިން މައްޗަށް
ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު 1,000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ގެއްލިފައިވާ 3,900 އަށް ވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ކިސަޑު ފުރިފައިވާ ޓަނަލްތަކެއްގައި ތާށިވެފައިވާ ހައިޑްރޯޕަވަރު މަޝްރޫއުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހިމެނޭއިރު، އެމީހުން ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް 279 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށް ނޭޕާލްގެ ބޮޑުވަޒީރު ވަނީ ހާމަކުރައްވާފައެވެ.