ސަރުކާރުގެ ޓެކްސީއެއް ހޮޅިދަނޑިއެއްގައި ޖެހި ބޮޑު ގެއްލުމެއް
ހުޅުމާލޭ ބަގީޗާ ހިނގުމުގައި ދުއްވާފައި ދިޔަ ސަރުކާރުގެ ޓެކްސީއެއް ހޮޅިދަނޑިއެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ކާރަށް ބޮޑެތި ގެއްލުންތަކެއްވެ، ޑްރައިވަރަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން 28 އަހަރުގެ ޑްރައިވަރުގެ ލައިސަންސް ފުލުހުން ހިފަހައްޓާފައިވާއިރު، މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.