ފަލަސްތީން އެކްޝަންއަކީ ޓެރަރިސްޓް ގްރޫޕެއް ކަމަށް ކަނޑައަޅައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން "ފަލަސްތީން އެކްޝަން" ގްރޫޕަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައި، ވާތުފިޔައިގެ ހަރުކަށި ފިކުރުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފިއެވެ. މި ނިންމުމާ ގުޅިގެން ޑިމޮކްރެޓުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ސިޔާސީކުރުން ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.