އާއިލީ މައްސަލަތަކުގެ ތެރެއިން ބްރެޑް ޕިޓްގެ ފުން ހިތާމަތަކެއް
އެންޖެލީނާ ޖޯލީއާ ވަކިވުމަށްފަހު ދަރިންނާ އޮތް ގުޅުން ކެނޑި، އެ ކުދިންގެ ނަމުން "ޕިޓް" އުނިކުރަން ނިންމުމުން ބްރެޑް ޕިޓަށް ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން އޭނާ ހާމަކޮށްފިއެވެ. އާއިލީ މައްސަލަތަކުގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ އިހުސާސްތައް ވިސްނޭ ހިސާބަށް ކަންތައް ދިޔަ ނަމަވެސް، އޭނާ މިހާރު މަސައްކަތް ކުރަނީ ހިތްވަރާއެކު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށެވެ.