ނަޒީރު އަދާލަތު ޕާޓީން ވަކިވެއްޖެ
އަދާލަތު ޕާޓީން މި ސަރުކާރާއެކު ކޯލިޝަން ހެދުމަށް ނިންމުމާ ގުޅިގެން، އެ ޕާޓީގެ ކުރީގެ ތަރުޖަމާނު އަލީ ނަޒީރު ޕާޓީން ވަކިވެވަޑައިގެންފިއެވެ. ނަޒީރު ވިދާޅުވީ މިވަގުތު ޕާޓީގައި ދެމިހުރުމަކީ ހިޔާނާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދާލަތު ޕާޓީގެ މި ނިންމުމާ ގުޅިގެން ޕާޓީގެ ބައެއް އެހެން އިސް ބޭފުޅުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.