ދިއްލީން ފުރަން އޮތް ބޯޓެއްގައި ބަޔަކަށް އަނިޔާވެއްޖެ
ދިއްލީން ޒިއުރިކަށް ފުރަން އުޅުނު ސްވިސް އެއާލައިންގެ ބޯޓެއްގެ އިންޖީނުގައި އަލިފާން ހިފުމުގެ ސަބަބުން، ކުއްލި ހާލަތުގައި މީހުން ބޭލުމުގެ ތެރޭގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ނައްޓާލުން ހުއްޓާލާފައިވާއިރު، އެއާލައިނުން ދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.