ދިއްލީން ފުރަން އުޅުނު ބޯޓެއްގެ އިންޖީނުގައި އަލިފާން ހިފާ، ފަސް މީހަކަށް އަނިޔާވެއްޖެ

Apr 27, 2026, 8:48 AM
ފޮޓޯ: އޭއެފްޕީ

ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ދިއްލީން ފުރައިގެން ސްވިޒަލޭންޑްގެ ޒިއުރިކަށް ދަތުރުކުރަން އުޅުނު "ސްވިސް އިންޓަނޭޝަނަލް" އެއާލައިންގެ ބޯޓެއްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން، އާދީއްތަ ދުވަހު ބޯޓު ނައްޓާލަން އުޅެނިކޮށް ހުއްޓާލައިފި އެވެ. މި ހާދިސާގައި ހަތަރު ފަސިންޖަރަކަށާއި ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެއާލައިނުން ހާމަކޮށްފައި ނުވި ނަމަވެސް، "އިކޮނޮމިކް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓު ރަންވޭމަތީގައި ބާރު ސްޕީޑުގައި ދުއްވަމުން ދަނިކޮށް އޭގެ އެއް އިންޖީނުގައި ވަނީ އަލިފާން ހިފާފަ އެވެ. އަދި ފަސިންޖަރުންނަށް އަނިޔާވީ ކުއްލި ހާލަތުގައި ބޯޓުން މީހުން ބޭލުމުގެ ތެރޭގައި ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.

ސްވިސް އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނީ، އޭޕްރިލް 26 ވަނަ ދުވަހުގެ ދަންވަރު 1:00 އެހާކަންހާއިރު ދިއްލީން ފުރަން އުޅުނު އެލްއެކްސް147 ފްލައިޓްގެ އިންޖީނަކަށް މައްސަލައެއް ދިމާވި ކަމަށެވެ. އެއާއެކު ބޯޓުގެ ފަޅުވެރިން ބޯޓު ނައްޓާލުން ހުއްޓާލައި، ހާލަތު ވަޒަންކުރުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޓުން މީހުން ހުސްކުރަން ނިންމީ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށާއި، އަނިޔާވި ފަސިންޖަރުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ. އަދި އަނިޔާވި ފަޅުވެރިޔާގެ ފައިގެ ކުޑަހުޅަށް ތަދުވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މި ހާދިސާގައި ހަ ފަސިންޖަރަކަށް އަނިޔާވި ކަމަށް އެއާލައިނުން ކުރިން ބުނި ނަމަވެސް، ފަހުން ވަނީ އެ އަދަދު އިސްލާހުކޮށްފަ އެވެ.

އެއާބަސް އޭ330 މަރުކާގެ މި ބޯޓުގައި ހާދިސާ ހިނގިއިރު 228 ފަސިންޖަރުންނާއި، ހަތަރު ތުއްތު ކުދިންގެ އިތުރުން 13 ފަޅުވެރިން ތިއްބެވެ.

މި ހާދިސާއާ ގުޅިގެން ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުއްލި ހާލަތު އިއުލާން ކުރި ނަމަވެސް، މިހާރު ރަންވޭގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ، ނަން ހާމަކުރަން ބޭނުންނުވާ މަސްދަރަކުން ރޮއިޓާޒްއަށް ބުނެފައިވެ އެވެ.

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox