ބޭރަށް ނުކުންނަ ނަމަ މާސްކު އަޅަން އެޗްޕީއޭއިން އިލްތިމާސްކޮށްފި
ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގެ ވައި ނުސާފުވެފައިވާތީ، ބޭރަށް ނުކުންނަ އިރު މާސްކު އެޅުމަށާއި ބޭރުގައި އުޅުން މަދުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރު ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިރުޝާދު ދީފައިވާއިރު، ޚާއްސަކޮށް ބަލި މީހުންނާއި ކުޑަކުދިން ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.