ސިއްހަތަށް ނުރައްކާވާ މިންވަރަށް ދުންފުހުގެ އަސަރުކޮށްފި
ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ސިއްހަތަށް ނުރައްކާވާ މިންވަރަށް ދުންފުނީގެ އަސަރުކުރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެދު ރާއްޖެތެރެއަށްވެސް މި އަސަރު ކުރަމުންދާއިރު، މީގެ ސަބަބުން ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު.