ގެރަންޓާއެއްގެ ގޮތުން ލޯނު ދައްކާނަން: ޝަމްހީދު
އެމް.އައި.ބީން ޑުޕްލެކްސް ކުންފުންޏަށް ދޫކުރި ލޯނަކަށް ގެރެންޓީ ދެއްވި މައްސަލައިގައި، ކޯޓު ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކަވާނެ ކަމަށް މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. ޝަމްހީދު ވިދާޅުވީ މިއީ އޭނާގެ ރައްޓެހިންތަކެއްގެ އަމިއްލަ ބޭނުމަށް ނެގި ލޯނެއް ނަމަވެސް، ގެރެންޓާއެއްގެ ހައިސިއްޔަތުން ގާނޫނީ ޒިންމާ އުފުއްދަވާނެ ކަމަށެވެ. ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ލޯނުގެ ބާކީ ފައިސާ އާއި ޖޫރިމަނާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ.